ކަރީނާއަށް އެއާ ނުލާ ނޫޅެވޭ އެއްޗަކީ ކޯއްޗެއް؟

ކަރީނާ ކަޕޫރު ޚާނަކީ ބޮލީވުޑްގެ އޭ-ލިސްޓް ތަރިންގެ ތެރޭގައި ގުނާލެވޭ ކުޅަދާނަ ބަތަލާއެކެވެ. ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ކަޕޫރު ހާންދާނަށް ނިސްބަތްވާ ކަރީނާއަކީ ބޮލީވުޑްގެ އެންމެ އަގުބޮޑު އެއް ބަތަލާވެސްމެއެވެ.

އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ރަސްމީ އެކައުންޓެއް ނުގެންގުޅޭ ކަރީނާ ވަނީ ދާދިފަހުން އިންސްޓަގްރާމްގައި އެކައުންޓެއް ހުޅުވާފައެވެ. އަދި އޭނާގެ ޕޯސްޓުތަކަކީ ގިނަ ބަޔެއްގެ ސަމާލުކަން ލިބޭ ގިނަ މީހުން ގަޔާވާ ޕޯސްޓުތަކެކެވެ.

ދާދިފަހުން ކާރީނާ ދިން އިންޓަވިއުއެއްގައި އޭނާއަށް އެއާ ނުލައި ނޫޅެވޭނެ އެއްޗަކީ ކޮބައިތޯ ސުވާލުކުރުމުން ކަރީނާ ބުނީ އެއީ އޭނާގެ ފޯނު ކަމަށެވެ. އޭނާ ބުނީ އޭނާގެ ފޯނު ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ. އަދި އެއާއި ނުލައި މާގިނަ ދުވަހު އުޅެވޭނެކަމަށް ހީނުކުރާކަމަށެވެ.

ހަމައެހެންމެ އޭނާގެ ފިރިމީހާ ސައިފް އަލީ ޙާން ވަނީ ކަރީނާ އޭނާގެ ރައްޓެހިންނާއިއެކު ގުޅުން ބަދަހިކުރުމަށްޓަކައި އަބަދު ވަޓްސްއެޕް ބޭނުން ކުރާ ކަމަށް ބުނެ އޭނާ އާއި ދިމާކޮށްފައެވެ.

ކަރީނާ ދެން އެންމެ އަވަހަށްވެސް ފެނިގެންދާނީ އަދްވައިތް ޗަންދަން ޑައިރެކްޓް ކުރާ ފިލްމް ލާލް ސިންގްހ ޗައްދާއިންނެވެ. އެ ފިލްމުގައި ކަރީނާ އާއިއެކު ދެން ފެނިގެންދާނީ އާމިރް ހާންއެވެ. މި ފިލްމަކީ ކޮމެޑި ޑްރާމާ ފިލްމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!