ކާޖަލް ދިލްވާލޭ ކުޅުނީ ކިތެއް ކަރޯޑަށްކަން އެނގޭތަ؟

ކާޖަލް މުކަރުޖީ ދޭވްގަން ފިލްމީ ދާއިރާއަށް ނުކުމެފައި ވަނީ 1992 ވަނަ އަހަރު ރިލީސް ކުރި ބޭހުދީ ނަމަކަށް ކިޔާ ފިލްމަކުންނެވެ. އެ ފިލްމް ފްލޮޕަކަށް ވި ނަމަވެސް ކާޖަލް އަށް ވަނީ 1993ވަނަ އަހަރު ބާޒީގަރު ކުޅެން ފުރުސަތު ލިބިފައެވެ.

ބާޒީގަރުގެ ކާމިޔާބަށް ފަހު ކާޖަލް އަށް ފިލްމުތަކުން ދިޔައީ ގިނަ ފުރުސަތު ތަކެއް ލިބެމުންނެވެ. އެގޮތުން އުދާރްކީ ޒިންދަގީ، ޔޭ ދިލް ލަގީ، ކަރަން އަރްޖުން އަދި ބޮޑު ހިޓަކަށް ވި ދިލްވާލޭ ދުލްހަނިޔާ ލޭ ޖައޭންގޭ ފަދަ ފިލްމްތަކުން ކާޖަލް ވަނީ ފެނިގެން ގޮސްފައެވެ. މީގެއިތުރުން ވެސް އެތައް އެތައް ހިޓް ފިލްމު ތަކެއް ކާޖަލް ވަނީ ކުޅެފައެވެ.

2010 އަކުން ފެށިގެން ފިލްމު ކުޅުމާއި ދުރަށް ދިއުމަށްފަހު ދެން ކާޖަލް ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނުކުތް ރޯހިތް ޝެޓީ ޑައިރެކްޓް ކޮށް ގޯރީ ޙާން ޕްރޮޑިއުސް ކުރި ފިލްމް ދިލްވާލޭ އިންނެވެ. އެ ފިލްމަކީ މިހާތަނަށް ބޮލީވުޑްގައި ހިނގި އެންމެ ކާމިޔާބު އެއް ފިލްމެވެ.

ޝާހްރުކް ހާން އާއި އެކު ކުޅުނު މި ފިލްމް ކާޖަލް ކުޅެދީފައިވަނީ 5 ކަރޯޑް ރުޕީސްއަށެވެ. މި ފިލްމުގައި ކާޖަލް އާއި ޝާހުގެ އިތުރުން ވަރުން ދަވަން އާއި ކިރްތީ ސަނޮން ވަނީ ފެނިގެން ގޮސްފައެވެ.

ކާޖަލް އާއި ޝާހް އަކީ ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަނެފައިވާ ދެތަރިންނެވެ. މި ދެތަރިން އެކުގައި ކޮށްފައިވާ މަސައްކަތްތަކަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މަސައްކަތްތަކެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!