ކޮވިޑް-19 އިން ރައްކާތެރި ވުމަށް ހިންނަވަރުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޅ. ހިންނަވަރުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ހިންނަވަރު ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް ޖެހިފައިވާ ފަރާތްތަކާއި އަދި ކޮންޓްކްޓް ވެފައިވާ ފަރާތްތަށް ތިބުމުގެ ސަބަބުން ރައްކާތެރި ވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައި ވާކަމުގައިއެވެ.

އެގޮތުން ޒަރޫރޫ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، އާންމު ތަންތާގައި ގިނަ މީހުން އެއްވެ ނޫޅުމަށް ވަނީ އިލްތިމާސް ކޮށްފައިއެވެ.

މީގެއިތުރުން މިސްކިތަށް ދާއިރު މާސްކް އަޅައިގެން ދިއުމާއި، މުސައްލަ ގެންދިއުމާއި، ރޯގާގެ އަލާމާތްތަށް ހުރި ނަމަ މިސްކިތަށް ނުދިއުމަށް ވަނީ އެދިފައިއެވެ.

ކޮވިޑްގެ ކޭސް އެއް ފެނިފައި ވުމުގެ ސަބަބުން މާސްކް ނާޅާ ބޭރުތެރޭގައި ނޫޅުމަށް ވަނީ ކައުންސިލްއިން އިލްތިމާސްކޮށްފައެވެ. އަދި ހަމަ އެއާއި އެކު އެޗްޕީއޭގެ ގައިޑްލައިން އާއި އެތްގޮތަށް އަމަލުތަށް ބެހެއްޓުމަށް ވަނީ ކައުންސިލް ގެ އެ އިއުލާންގައި އެދިފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!