އަޖްމެން މާކެޓްގައި އަލިފާނުގެ ކާރިސާއެއް ހިނގައިފި

ޔޫއޭއީގެ ފުރުޓް އެންޑް ވެޖިޓިބަލް މާރކެޓް، އަޖްމެން މާކެޓްގައި އަލިފާނުގެ ކާރިސާއެއް ހިނގައިފިއެވެ.

މި ކާރިސާ ހިނގުމުގެ ސަބަބުން އެ މާކެޓްގައި ވާ ސްޓޯލް ތަކަށް ދަނީ ސިވިލް ޑިފެންސް ފޯހުން އެހީ ފޮރުކޮށްދެމުންނެވެ.

ބެއިރޫތް ގެ ބާރުގަދަ ގޮވުމުގެ އެއް ދުވަސް ފަހުން ހިނގި މި އަލިފާނުގެ ހާދިސާގައި މާކެޓް ގެ ގިނަ ތަރުކާރީ އާއި މޭވާގެ ފިހާރަ ތަކުން އަލިފާން ނިންވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ 6:30 ގައި ކަމަށް ގަލްފް ނިއުސް އިން ބުނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވި ކަމަށް އަދި އެއްވެސް ބައިނަލްއަގުވާމީ މީޑިއާ އަކުން ރިޕޯޓް ކޮށްފައިއެއް ނުވެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހާރު އަލިފާންގަޑު ވަނީ ނިއްވާލައިފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!