އަންނަ ހަފުތާގެ ތެރޭގައި ވޮލެންޓިއަރުންނަށް ފްރަންޓްލައިން އެލަވަންސް ޖަމާވާނެ: އެޗްއީއޯސީ

އަންނަ ހަފުތާގެ ތެރޭގައި ވޮލެންޓިއަރުންނަށް ފްރަންޓްލައިން އެލަވަންސް ލިބޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީންގެ ފަރާތުން އެ ސެންޓާރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިހެން ވިދާޅުވީ އިންލައިންކޮށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ‘ދަ ޕްރެސް’ގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޑރ. ނަޒްލާ ވިދާޅުވީ، އެލަަންސް ދިނުން ލަސްވެފައި ވަނީ ބޭނުންވާ ބައެއް މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނާއި ދަރުމަވެރިންނަށް ފްރޮންޓްލައިން އެލަވަންސް ނުލިބިވާ ކަމުގެ މައުލޫމަތު ލިބޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ފިނޭންސް މިނިސްޓްރީން އެކުލަވާލައިފައިވާ ޕޯޓަލްއަށް ކޮންމެ ދުވަހަކު ކުރި މަސައްކަތާއި މަސައްކަތް ކުރި ގަޑިއާއެއްކޮށް ލޮގްކުރަން ޖެހޭ ކަމަށެވެ. އަދި އެ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އެލަވަންސް ދިނުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ފްރޮންޓްލައިން އެލަވަންސް މާދަމާ ލޮގްކޮށް ނިމޭނެ ކަމަށާއި އަންނަ ހަފްތާގެ ކުރީކޮޅު އެލަވަނސް ލިބޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސީދާ ގޮތުން އެންއީއޯސީގެ އޮޕަރޭޝަންސްގައި ހަރަކާތްތެރިނުވާ މުއައްސަސާތަކުން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާތީ، އެ ފަރާތްތަކަށް އެލަވަންސް ލިބޭނީ އެ މުއައްސަސާއެއް މެދުވެރިކޮށް ޕޯޓަލަށް ބޭނުންވާ މައުލޫމާތު އެޅުމުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!