ގަވައިދާ ހިލާފުވި 20 ތަނެއް މިއަދު ބަންދު ކޮށްފި

ގަވައިދާ ހިލާފުވި 20 ތަނެއް މިއަދު ބަންދު ކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު 235 ތަނެއް އިންސްޕެކްޓު ކުރެވިފައި ވާ ކަމަށާއި އޭގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ 51 ތަނަކާއި ފަސް ޖިމާއި އަދި 154 ފިހާރަ އަދި ހަތަރު މާރުކޭޓު ހިމެނޭ ކަމަށެވެ.

އަދި އޭގެ ތެރެއިން 20 ތަނެއް މިއަދު ބަންދުކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އެއީ ހަ ސެލޫންއާއި 8 ފިހާރައަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތިން ތަނެއް އަދި ތިން މާރްކޭޓް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ވަނީ މިހާރު ހިނގަމުންދާ އިންސްޕެކްޝަންގައި ‘ބަންދު ނޯޓިސް’ ދީފައިވާ ފަރާތްތަކުން ތަނުގެ ކަންތައްތައް އިސްލާހު ކުރުމުން އަލުން އިންސްޕެކްޓް ކުރެވޭނެ ކަމަށް ބުނެފައެވެ. އެކަން ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށް 7285216 ގުޅުމަށް އެޗްޕީއޭން ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!