ރާއްޖެ އައި އިތުރު ފަތުރުވެރިއަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެ އައި އިތުރު ފަތުރުވެރިއަކު ޕޮޒިޓިވް ވެއްޖެއެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ އޮބްލޫ ސަން ރިސޯޓަށް އައި ފަތުރުވެރިއެއް ކަމަށެވެ. ނަޒްލާ ވިދާޅުވީ އޭނާ މިވަގުތު ހުރީ ރިސޯޓްގައި ކަމަށެވެ.

އަދި އޭނާގެ އާއިލާ ޓެސްޓް ކުުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

“މީނަ ޕޮޒިޓިވް މިވީ ރާއްޖެއިން ފުރުމަށް ކުރި ޓެސްޓުން،” ނަޒްލާ ވިދާޅުވިއެވެ.

ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިއަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!