އިތުރު 148 މީހަކު ޕޮޒިޓިވް ވެއްޖެ

މިދިއަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް ބައްޔަށް އިތުރު 148 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

އޭގެ ތެރެއިން 117 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ ހަތް މީހަކާއި ނޭޕަލް މީހަކާއި ސީޝެލް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ނަންބަރު ވަނީ 4,594 އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅުތަކުން ޕޮޒިޓިވްވި ދެ މީހެއްވެސް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!