އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ފަށައިފި

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓްކުރަން މިއަދު ފަށައިފި އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވި ގޮތުގައި ހޯމް ކަރަންޓީނުގައި ތިބޭ މީހުންގެ ސާމްޕަލްތައް މީގެ ކުރިން ފޮނުވަމުން އައީ މާލެއަށް ނަމަވެސް މިހާރު ރަށުގައި ކޮވިޑަށް ޓެސްޓް ކުރަން ފެށުމާއެކު ލުއިތަކެއް ލިބޭނެ އެވެ.

އެގޮތުން މީގެ ކުރިން ނަތީޖާ ލިބެން ވެސް ދުވަސް ނަގާ ކަމަށާއި އެކަމަކު މިހާރު ރަށުން އަވަހަށް ނަތީޖާ ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. 

ސައީދު ވިދާޅުވި ގޮތުގައި ކޮންމެ އެއް ގަޑިއިރެއްގެ ތެރޭގައި ދެ ސާމްޕަލް ޓެސްޓް ކުރެވޭނެ އެވެ. އެހެންކަމުން 24 ގަޑިއިރުގެ ތެރޭގައި 48 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ތިނަދޫގައި ކޮވިޑަށް ޓެސްޓް ކުރަން ފެށުމާއެކު އެއަތޮޅުގެ އެކި ރަށްތަކަށް ވެސް ބޮޑު ލުޔެއް ލިބޭނެކަން ސައީދު ފާހަގަކުރެއްވި އެވެ. ސައީދު ވިދާޅުވީ އެ އާއެކު ދެން އެ އަތޮޅުގެ އެކި ރަށްތަކުން ނަގާ ސާމްޕަލްތައް ވެސް ޓެސްޓްކުރާނީ އެރަށުން ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!