ރިޒް ކާލްޓަން އިން ރާއްޖޭގައި އަލަށް ހުޅުވާ ރިސޯޓުގެ މެނޭޖަރަކަށް ދިވެއްސެއް

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ބްރޭންޑް ކަމަށްވާ ރިޒް ކާލްޓަން އިން ރާއްޖޭގައި އަލަށް ހުޅުވާ ރިސޯޓުގެ، މާކެޓިން މެނޭޖަރަކަށް ދިވެއްސަކު ހަމަޖައްސައިފި އެވެ.

ރިޒް ކާލްޓަން ކުންފުނިން އަލަށް ހުޅުވާ ފަރި މޯލްޑިވްސް ރިސޯޓުގެ މާކެޓިން މެނޭޖަރުގެ މަގާމަށް ހަމަޖައްސާފައިވަނީ އިނގިރޭސިވިލާތުން ޓޫރިޒަމް ދާއިރާއިން މަތީ ތައުލީމް ފުރިހަމަ ކުރައްވާފައިވާ ދިވެހި ޒުވާނެއް ކަމަށްވާ އައިމިނަތު ރުޝާ ހާދީ (އައިމީ) އެވެ. ރާއްޖޭގައި އަލަށް ހުޅުވާ ރިސޯޓުތަކުގެ މާކެޓިން ހެޑްގެ މަގާމަށް ދިވެހިން ހަމަޖެއްސުމަކީ އެހާ އާއްމުކޮށް ކުރާ ކަމެއް ނޫނެވެ.

އައިމީއަކީ ޓޫރިޒަމް ސިނާއަތުގެ އެކި ވަޒީފާތަކުގައި މަސައްކަތް ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޓޫރިޒަމް ސިނާއަތުގެ އެންމެ ބްރޭންޑްތަކުގައި ގިނަ މަގާމުތަކެއް ފުރުއްވާފަ އެވެ. ހާއްސަކޮށް މާކެޓިންގެ ދާއިރާއިން ގިނަ ތަޖުރިބާ ތަކެއް ހޯދަވާފައިވެ އެވެ.

އޭނާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ލަކްސް މާލެ އެޓޯލް ރިސޯޓުގެ މާކެޓިން ސޭލްސް އެންޑް މާކެޓިން ކޯޑިނޭޓަރު ކަމާއި ގިލި ލަންކަން ފުށީގެ ސޭލްސް އެންޑް މާކެޓިން ކޯޑިނޭޓަރުކަން ހިމެނެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!