އެމެރިކާ އާއި ޔުނިސެފުން ރާއްޖެއަށް 11.5 މިލިއަން ރުފިޔާގެ އެހީ

އެމެރިކާ އާއި އދ.ގެ ކުޑަކުދިންގެ ހައްގުތަކާބެހޭ ޖަމިއްޔާ ޔުނިސެފް ގުޅިގެން ރާއްޖެއަށް 750،000 އެމެރިކާ ޑޮލަރު (11.5 މިލިއަން ރުފިޔާގެ) އެހީއެއް މިއަދު ދީފި އެވެ.

މި އެހީ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ހާއްސަކޮށް އާންމުން އެއްވެ އުޅޭ ތަންތަނާއި ސްކޫލްތައް ރައްކާތެރިކަމާއެކު އަލުން ހުޅުވާލުމަށް އެހީތެރިވެދިނުމަށް ކަމަށް ޔުނިސެފުން ބުންޏެވެ.

އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އެލައިނާ ޓެޕްލީޒް ވިދާޅުވީ ކޮވިޑާ ގުޅިގެން ނޭދެވޭ އަސަރުކޮށްފައިވާ ގިނަ ގައުމުތަކަކަށް އެ ގައުމުން ދަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

“ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ ދިވެހިންގެ ސިއްހަތާއި ރައްކާތެރިކަމަށް އެމެރިކާ އިން އަބަދު ވެސް އެހީވާނެ ކަމުގެ ހެއްކެއް،” އެލައިނާ ވިދާޅުވި އެވެ.

ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އިން ދިން އެހީ ބޭނުން ކުރަން ކަނޑައަޅާފައި ވަނީ އިޖުތިމާއީ ގުޅުމާއި ސްކޫލްތައް އަލުން ހުޅުވާ އިރު ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

އޭގެ ތެރޭގައި ސާފު ފެނާއި ސާފުތާހިރުވާން ބޭނުންވާ ސާމާނު ފޯރުކޮށްދިނުން ހިމެނެ އެވެ. މި ކަންތައްތައް ކުރިއަށް ގެންދާނީ ޔުނިސެފާއި ދިވެހި ސަރުކާރުން ގުޅިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!