ފުވައްމުލަކުން މީހަކު ޕޮޒިޓިވް ވެއްޖެ

ފުވައްމުލަކު ސިޓީގެ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން އާއި ހަވާލާދީ “އައްޑޫ ލައިވް” ގައި ބުނީ އެމީހާ ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުން ކަމަށެވެ.

ނަމަވެސް ޕޮޒިޓިވްވި މީހާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!