ބިލެއްދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފ.ބިލެއްދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި އޮަޕަރޭޝަންތައް ހިންގާފައިވަނީ އެ ރަށު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ. ފުލުހުން ވިދަޅުވީ މިއޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 31 އަހަރާއި 34 އަހަރުގެ ދިވެހި ދެ ފިރިހެނެއްކަމަށެވެ.

މި ދެމީހުންގެ ތެރެއިން 34 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ބިލެއްދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ކ. ތިލަފުށިން ބިލެއްދޫއަށް އައި ދޯންޏަކުން އެމީހާ ބިލެއްދޫއަށް ފޭބުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 16 ކުދި ރަބަރު ޕެކެޓާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.

31 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ބިލެއްދޫ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. މި އޮޕަރޭޝަނުގައި އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ

ފުލުހުން ވިދާޅުވީ މި ދެ މައްސަލަ ފ. ބިލެއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!