ބެއިރޫތު ކެމިކަލް ގުދަން ގޮވުން: ހިސާބުގަނޑު އެއްކޮށް ބިމާހަމަ

ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ރޭ އިރާކޮޅު ކެމިކަލް ގުދަން ގޮވުމުގެ ސަބަބުން މުޅި ހިސާބުގަނޑު އެއްކޮށް ބިމާހަމަވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބައިރޫތުގެ މައި ބަނދަރާ ކައިރި ހިސާބެއްގައި ގޮވި ގޮވުންތަކާއި ގުޅިގެން މިހާތަނަށް 100 ވުރެ ގިނަ މީހުން މަރުވެ 4000 ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި ހޮސްޕިޓަލްގައި އެމެރޖެންސީ ހާލަތުގައި 200 ވުރެ ގިނަ މީހުންނަށް ފަރުވާ އަންނަނީ ދެމުންނެވެ.

އެމޯނިއަމް ނައިޓްރޭޓުގެ 2،750 ޓަނު ރައްކާކޮށްފައިވާ ގުދަން ގޮވުމާ އެކު މުޅި އެ ސަރަހައްދުގެ އިމާރާތްތައް ވެސް ފުނޑުފުނޑުވި އެވެ. ގޮވުމުގެ އަޑު މެޑިޓެރޭނިއަންގެ އިރުމަތީގައި 150 މޭލު ދުރުގައި އޮންނަ ސައިޕްރަސްގެ ނިކޯސިއާއާ ހަމައަށް އިވުނު ކަމަށްވެ އެވެ.

ހަބަރުތައް ބުނާ ގޮތުން އެ ގޮވުމުގެ ބާރުގަދަ ކަމުގެ ސަބަބުން މުޅި އެ ސަރަހައްދަށް އެވަގުތު ބިންހެލުމެއް ފަދައިން ވަނީ ލޮޅުން އައިސްފައެވެ. ބެއިރޫތްގެ ތިން ހޮސްޕިޓަލެއް މި ހަމަލާގައި އެއްކޮށް ބިމާ ހަމަވެގެން ގޮސްފައިވާ އިރު ހިސާބުގަނޑުގައި ހުރި ހުރިހާ އިމާރާތްތަކެއްވެސް ވަނީ މިބާއި ހަމަވެފައެވެ. ހަމައެހެންމެ އެތައް ސަތޭކަ ވެހިކަލްތަކަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!