މީހަކު ހޯދަން ފުލުހުން ވީޑިއޯ ޢާއްމުކޮށްފި

ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ޢާއްމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.

ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވީ، މިމީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްއިން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށެވެ. އަދި މިމީހާގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި ނުވަތަ ފުލުހުންނާ ގުޅެ ނަންބަރު 3322111 ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށްވެސް ފުލުހުންވަނީ އެދިލައްވާއެވެ.

އެހެންނަމަވެސް އެމީހާ ހޯދަމުން އަންނަނީ ކޮންމައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!