އުނގޫފާރުގެ ހުރިހާ ސާމްޕަލްތައް ނެގެޓިވް

ރ. އުނގޫފާރުން ނެގި ހުރިހާ ސާމްޕަލެއް ނެގަޓިވްވެ، ރަށް އާންމު ހާލަތައް ގެނެސްފި އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހިމް ޒަޔަން އާއި ހަވާލާދީ “ސަން” އިން ބުނީ، އެ ކޭސްއާ ގުޅިގެން ނެގި ހުރިހާ ސާމްޕަލެއް ނެގަޓިވްވެފައިވާ ކަން އެޗްޕީއޭ އިން މިއަދު އަންގާފައިވާ ކަމަށެވެ. އަދި އެއާއެކު މިހާރު ރަށް މޮނީޓަރިންގެ ހާޅަތުންވެސް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“ބަލި މީހާއާ އެކު މާލެ އަށް ދިޔަ އެހީތެރިޔާގެ ސާމްޕަލް ވެސް ނެގި، އެ މީހާ ވެސް ކޮވިޑް އަށް ނެގެޓިވް،” އޭނާ ވިދާޅުވި އެވެ.

ޅ. ކުރެންދޫން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 50 އަހަރުގެ އަންހެނަކަށް ކޮވިޑް ޖެހިފައިވާ ކަން އެނގުނީ، އޭނާ އަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިދިޔަ ހޯމަ ދުވަހު މާލެ ގެނައުމުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ހެނދުނު އެ ރަށް މޮނިޓަރު ކުރަން ފަށައި، އެ ރަށުން އަރައިފޭބުން މަނާ ކުރި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!