ރަކީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ވ.ރަކީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ރަކީދޫ ފަޅުން 5645 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރާނެ ކަމަށެވެ. އަދި ބަނދަރުގެ މަސައްކަތުގެ ތެރޭގައި 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮއްޓަކާއި 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮއްޓެއް ލުމުގެ އިތުރުން 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ އެވެ. އެ ރަށުގައި ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމާއެކު 429 އަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ވެސް އަޅާނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ 18.5 މިލިއަން ރުފިޔާއަށް ޙަވާލުކޮށްފައިވާ މަޝްރޫއެކެވެ. އެ މަސައްކަތް ހަވާލުކުރީ އޮކްޓޯބަރު 1، 2019 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!