ހުޅުމާލެ މެޑިކަލް ފެސިލިޓީ

ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދު 105 އަށް

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު 105 އަށް އަރައިފި އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު 105 އަށް އަރާފައިވާ ކަމަށެވެ. 

ރާއްޖޭގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެޑްމިޓް ކުރުމަށް ހުރީ 343 އެނދު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ގާއިމްކޮށްފައިވާ 250 ޖާގަ އާއި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ އާއި 16 ވަނަ ފަންގިފިލާގައި ހުރި 18 އެނދުގެ އިތުރުން ފަސް އަތޮޅެއްގައި ގާއިމްކޮށްފައި ހުރި ކޮވިޑް ފެސިލިޓީގައި ހުރި 77 ޖާގަ އެވެ. އޭގެ އިތުރުން އަތޮޅުތަކުން ޕޮޒިޓިވްވާ މީހުން އެކަހެރި ކުރުމަށް އެ ފަސް ފެސިލިޓީގައި 105 ޖާގަ ހުންނާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 19 މީހަކު ވަނީ މަރުވެފައެވެ. އެއީ 14 ދިވެހިންނާއި ފަސް ބިދޭސީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!