ގައިޑްލައިނާ ހިލާފުވި އިތުރު 20 ތަނެއް ބަންދުކޮށްފި

ޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް ވިޔަފާރިކުރަމުންދިޔަ 20 ތަނެއް ބަންދުކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު 146 ތަނެއް އިންސްޕެކްޓްކޮށް އޭގެ ތެރެއިން 20 ތަނެއް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. 

އެޗްޕީއޭ އިން ބުނި ގޮތުގައި މިއަދު ބެލި 146 ތަނުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ހިދުމަތްދޭ 3 ތަނަކާއި 8 ސެލޫން އަދި 7 ފިހާރަ އާއި 2 ޖިމެކެވެ.

މިއިންސްޕެކްޝަން ކުރިއަށްގެންދަނީ އެޗްޕީއޭއާއި މާލެސިޓީ ކައުންސިލާއި އެމްއެފްޑީއޭއާއި އިކޮނޮމިކް މިނިސްޓްރީއާއި ވެމްކޯއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ރެޑް ކްރެސެންޓާއި އެޗްޑީސީ ގުޅިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!