ޔާސިރު ޔަހްޔާގެ ޖަނާޒާ މިއަދު

ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކޮށްފައި ހުއްޓައިމަރުވި ޔަމަނުގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހްޔާގެ ޖަނާޒާ މިއަދު އޮންނާނެއެވެ.

އައިޖީއެމްއެޗުގައި ސީރިއަސް ޙާލުގައި ފަރުވާދެމުންދިޔަ ޔާސިރު ޔަހުޔާ މަރުވީ މިދިޔަ އާދިއްތަދުވަހުގެ ހަވީރު 4:25 ކަން ހާއިރުއެވެ. ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިހުރި ޔާސިރު ޔަހުޔާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. އޭނާގެ ހާލު ސީރިއަސްވެ ފަރުވާދޭން ޖެހުނީ ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސް ވަމުންދާކަމަށް ފެންނާތީ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ ވިދާޅުވެފައެވެ.

ޔާސިރުގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު 13:00 ގައި މަސްޖިދު ތަޢާވުން އާ ސަހަރާ މިސްކިތުގައެވެ.

ޔާސިރު ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރު ކަމަށްވާއިރު، އޭނާ މައްޗަށް ތުހުމަތު ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާކަމުގެ ތުހުމަތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!