78 މީހުން މަރުވެ ލުބްނާން ކުއްލި ހާލަތަށް

ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި އަންގާރަ ދުވަހު ގޮވި ބާރުގަދަ ގޮވުންތަކުގައި މަރުވި މީހުންގެ އަދަދު 78 އަށް އަރާ، އެގައުމުގައި ކުއްލި ހާލަތު ރައީސް، މިކަލް އައުން އިއުލާން ކުރައްވައިފިއެވެ.

މުޅި ސިޓީ ގުޑުވާލި ވަރުގަދަ ގޮވުން ގޮވާފައިވަނީ ބަނދަރު ސަރަހައްދުގައި ހުރި ގުދަނެއްގައެވެ. ގޮވުމުގައި 4،000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ލިބިފައިވާއިރު ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ ކުރިއަށް އޮތް ދެ ހަފްތާއަށެވެ.

ލުބްނާނުގެ ރައީސް މައިކަލް އައުން ވިދާޅުވި ގޮތުގައި، މި ގުދަނުގައި 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުންނަތާ 6 އަހަރެއްހާ ދުވަސް ވެފައިވާއިރު، މި ތަކެތި ރައްކާކޮށްފައިވަނީ ސަލާމަތީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމަށް ނުބަލާ، ނުރައްކާތެރި ގޮތެއްގައެވެ.

ފުރަތަމަ ގޮވުން ގޮވާފައިވަނީ އުތުރު ހާބަރު ކައިރިންނެވެ. މިގޮވުމުގެ ބާރުގަދަ ކަމުން އެތައް މޭލު ދުރުގައި ތިބި އިމާރާތް ތަކާއި އުޅަނދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް، ޝޮކްވޭވްގެ ޒަރިއްޔާއިން ލިބިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!