IruOnline

24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވާ މިމީހާއަކީ ޢުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 18ވަނަ މީހާއެވެ. މިމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

އެޗްޕީއޭއިން ވިދާޅުވީ މި މީހާ ނިޔާވެފައިވަނީ މިރޭ 20:57ގައި ކަމަށެވެ.

ކޯވިޑް-19ގައި މިރޭ ނިޔާވި މީހާއާއެކު، މިހާތަނަށް މި ބަލީގައި ރާއްޖެއިން 12 ދިވެހިންނާއި 6 ބިދޭސީންވަނީ ނިޔާވެފައެވެ. ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރިލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ. އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ރާއްޖޭގައި ނިޔާވެފައިވަނީ ޢުމުރުން 89 އަހަރުގެ އަންހެނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!