IruOnline

އިތުރު 215 މީހަކު ޕޮޒިޓިވްވެއްޖެ

މިއަދު 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 215 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 149 ދިވެހިންނާއި ބަންގްލަދޭޝްގެ 54 މީހަކާއި އިންޑިއާގެ ހަތް މީހަކާއި ސްރީލަންކާގެ ދެމީހަކާއި ނޭޕާލްގެ ދެމީހަކާއި އިންޑޮނޭޝިއާ މީހެއް ކަމަށެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 4164 އަށް އަރާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!