IruOnline

އިނގިރޭސިވިލާތަށް ކިޔަވަންދާން ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މި އަހަރުގެ ސެޕްޓެމްބަރު އިންޓޭކަށް އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މި ސެޕްޓެމްބަރު އިންޓޭކުގައި އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުން މިއަހަރުގެ، އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުގެ 13:00ގެ ކުރިން http://wall.mohe.gov.mv/UK/ ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެދޭކަމަށެވެ.

މިނިސްޓްރީގެ މިޑިއާ އޮފިޝަލް ސީއެންއެމް އަށް ވިދާޅުވީ އެ އިންޓޭކަށް ކިޔަވަން ދާން ބޭނުންވާ ކުދިންނަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ ކޮވިޑް 19 އާއި ގުޅިގެން ބޭރަށް ދިއުމާއި ކިޔެވުމުގެ އެހެނިހެން ކަންކަމުގައި އެހީތެރިކަން ބޭނުންވާ ދަރިވަރުންގެ ދަފްތަރެއް އެކުލަވައިލުމަށްޓަކައި ކަމަށެވެ. 

ދަފްތަރު އެކުލަވާލުމަށްފަހު އެފަދަ ކުދިންނަށް އެހީ ބޭނުންވާ ކަންކަން ބަލައި އެ މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!