IruOnline

އިންޑިއާގެ ހޯމް މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އަމިތް ޝާހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ އަލާމާތްތައް ފެނުމާ ގުޅިގެން އެ ބައްޔަށް ޓެސްޓު ކުރެއްވި ކަމަށާއި އެގޮތުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ނަތީޖާ އިން ހާމަވެފައިވާ ކަމަށެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށާއި ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ހޮސްޕިޓަލުގައި އެޑްމިޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވެ އެވެ. އޭނާއާއި ކޮންޓެކްޓުވި މީހުން އައިސޮލޭޓްވެ، ކޮވިޑަށް ޓެސްޓުކުރުމަށް ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ. 

ކޮވިޑްގެ ނުރައްކާ އިންޑިއާގައި ބޮޑުވެފައިވާއިރު ފާއިތުވި 24 ގަޑިއިރުތެރޭ އެގައުމުން ވަނީ އިތުރު 54،000 ކޭސް ރިޕޯޓުކޮށްފައެވެ. މި އަދަދުތަކާއެކު އެގައުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1.7 މިލިއަނަށް އަރާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!