IruOnline

މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން އަވަސްކުރަން އިލްތިމާސްކޮށްފި

މިދުވަސްވަރު މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމަށްފަހު މައްޔިތާ ވަޅުލުމަށް ޢާއިލާތަކުގެ ފަރާތުން އިސްކަންދިނުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކުރައްވައިފިއެވެ.

ސިޓީ ކައުންސިލުން މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ މިދުވަސްވަރު މާލެ ސަރަޙައްދުގައި ކޯވިޑް-19 ފެތުރުން ވަރަށްބޮޑަށް އިތުރުވެފައިވާތީ ފަރުދުންގެ ރައްކާތެރިކަމަށްޓަކައެވެ. 

ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން، މާލޭގައި ކަށު ނަމާދު ކުރާނީ، “މަސްޖިދުއް ތަޢާވުނި” (އާސަހަރާ މިސްކިތް) ގައި ކަމަށާއި ކޮޑިވް ބަލީގައި މަރުވާ މީހުންގެ ކަށުނަމާދު ކުރާނީ ހުޅުމާލެ ސަހަރާ ގޯތިތެރޭ (ހިނަވާގެ ފެންޑާ) ގައި ކަމަށެވެ.

އަދި އާސަހަރާ މިސްކިތުގައި ކަށުނަމާދުކުރެވޭނީ ފަރުޟު ނަމާދުގެ ޖަމާއަތާއި ދިމާނުވާގޮތަށް، ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން ބައިގަޑިއިރު ފަހުން ކަމަށާއި މައްޔިތާ އާސަހަރާއަށް ގެނަވުމަށްފަހު، ވީއެންމެ އަވަހަކަށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމުމަށްފަހު، މައްޔިތާ ވަޅުލުމަށް، މައްޔިތާގެ ޢާއިލާގެ ފަރާތުން ވަރަށް އިސްކަން ދޭންވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. 

ސިޓީ ކައުންސިލުން އިތުރަށް ބުނީ މައްޔިތާ އާސަހަރާއަށް ގެނައުމަށްފަހު، ހިނަވާގޭގައި މައްޔިތާ ބޭއްވޭނީ ގިނަވެގެން 3 ގަޑި އިރުވަންދެން ކަމަށެވެ. އަދި މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށްދާ މީހުން ހިނަވާގެ އެތެރެއާއި ސަހަރާގެ ގޯތިތެރޭގައި އުޅޭއިރު، އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށާއި އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަޑް ވެސް ވަނީ އަންގާފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!