IruOnline

އަމީތާބު ކޮވިޑުން ރަނގަޅު ވެއްޖެ

ބޮލީވުޑްގެ ލެޖެންޑް އަމީތާބު ބައްޗަން ކޮވިޑް-19 އިން ރަނގަޅު ވެއްޖެއެވެ.

އަމީތާބު ކުރި ޓްވީޓެއްގައި ބުނީ، އޭނާ ބައްޔަށް ނެގެޓިވްވެ ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

އަމީތާބު ވަނީ ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާދިން ފަރާތްތަކަށާއި، ފާއިތުވި ދުވަސްތަކުގައި އޭނާގެ ސަޕޯޓަރުންނާއި ރައްޓެހިން ފޮނުވި މެސެޖުތަކަށް ޝުކުރު އަދާކޮށްފައެވެ.

އަމީތާބުގެ އިތުރުން އޭނާގެ ދަރިފުޅު އަބީޝެކް ބައްޗަން އާއި އޭނާގެ އަންހެނުން އަދި ބޮލީވުޑްގެ ކާމިޔާބު ބަތަލާ އައިޝްވާރިޔާ ރާއީ އާއި އޭނާގެ ދަރިފުޅު އާރަދިޔާ ބައްޗަން ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ނަމަވެސް މީގެތެރެއިން އައިޝްވާރިޔާ އާއި ދަރިފުޅު ކޮވިޑުން ރަނގަޅުވެ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އަމީތާބު ބައްޔަށް ނެގެޓިވްވެގެން ދޫކޮށްލި ނަމަވެސް އަބީޝޭކް ބައްޗަން އަދި ވެސް ކޮވިޑުން ރަނގަޅެއް ނުވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!