IruOnline

ޔާސިރު ޔަހްޔާ ނިޔާވެއްޖެ

ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހް ނިޔާވެއްޖެއެވެ.

ބަނޑުހައިހޫނުކަމުގެ ހަޅުތާލުކޮށް، ހާލު ދެރަވެގެން އައިޖީއެމްއެޗުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު އެޑްމިޓްކުރި ޔާސިރު މަރުވެފައިވަނީ މިއަދު ހަވީރު 4:25 ހާއިރު އެވެ.

ޔާސިރު ހައްޔަރުކޮށްފައިވަނީ ހަނގުރާމައަށް މީހުން ފޮނުވުމުގެ ތުހުމަތުގައި 2017 ވަނަ އަހަރު މާރިޗް މަހުގެ ތިން ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ޔާސިރުގެ ކައިވެނީގެ ވިސާ ކެންސަލްކޮށް އޭނާ ޑީޕޯޓްކޮށްލަން ވަނީ ނިންމައިފައެވެެ. އަދި ޑީޕޯޓްކޮށްލެވެންދެން އޭނާ ހުރީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައެވެ. ޔާސިރު ރާއްޖޭގައި ކުރި ކައިވެންޏަށް ކުއްޖަކުވެސް ވަނީ ލިބިފައިވެއެވެ.

އޭނާ ރާއްޖެ އައިސް ވަޒީފާ އަދާ ކުރަމުން ގޮސްފައި ވަނީ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި އިސްލާމިކް ޔުނިވާސިޓީގައި ޓީޗަރެއްގެ ވަޒީފާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!