IruOnline

ކޮލަންބޯއާއި ރާއްޖެއާ ދެމެދު ދަތުރުތައް އަލުން ފަށައިފި

ކޮލަންބޯއާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް އަލުން ސްރީލަންކަން އެއާލައިނުން ފަށައިފި އެވެ.

ކޮލަންބޯއާއި ރާއްޖެއާ ދެމެދު ސްރީލަންކަން އެއާލައިން އިން ދަތުރުތަށް އިއްޔެ ފަށާފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ފަސިންޖަރުންނާއެކު ކުރާ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އެ އެއާލައިން އިން ވަނީ ދަތުރުކުރާ މަންޒިލްތައް އިތުރުކުރަންވެސް ނިންމާފަ އެވެ. 

ސްރީލަންކަން އެއާލައިނުން ބުނީ ސިއްހީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކަކާއިއެކު ދަތުރުތައް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

އަދި ރާއްޖެއަށް އަލުން ދަތުރު ފަށަން ނިންމާފައިވާއިރު މިމަހުގެ އެކަކުން ފެށިގެން 31 ގެ ނިޔަލަށް ވަކި ހާއްސަ ދުވަސްތަކެއް ދަތުރުކުރާނެ ކަމަށެވެ.

ސްރީލަންކަން އެއާލައިނުން ދަތުރުކުރާ މަންޒިލްތައް އިތުރުކުރަން ނިންމާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެއަށް ފަހު އެ އެއާލައިނުން ދަނީ މަޑުމަޑުން އެއާލައިންގެ މަސައްކަތްތައް ފެށުމަށް މަސައްކަތް ކުރަމުންނެވެ.

އޭގެ އިތުރުން، މިދިޔަގެ 15 ވަނަ ދުވަހު ސްރީލަންކަން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، އެއާލައިނުން ދިޔައީ ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ބާއްވަމުންނެވެ. އަދި މިމަހުން ފެށިގެން ރާއްޖެއަށް ހަފްތާއަކު ހަތް ދަތުރުކުރުމަށް އެ އެއާލައިނުން ވަނީ ނިންމާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!