IruOnline

އުދައެރުމުގެ ސަބަބުން މީދޫ ފަޅު ތެރޭގައި އުފެދުނު ހުރާގަނޑަށް ގައުހެރެ ނަންދީފި

މޫސުން ގޯސްވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ މީދޫ ފަޅު ތެރޭގައި އުފެދުނު ހުރާގަނޑަށް “ގައުހެރެ” ނަން ދީފިއެވެ.

އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީދޫ ކައިރިން އުފެދުނު ހުރާގަނޑުގައި އެ ރަށު ނަލަފެހި ޖަމިއްޔާއިން ގޮސް ރުށް ޖަހާ، ބައެއް ކަހަލަ އޮށް އިންދާފައިވާ ކަމަށެވެ.

ދިގުމިނުގައި 3000 ފޫޓު އަދި ފުޅާމިނުގައި 30-25 ފޫޓު ހުންނަ ހުރާގަނޑު އޮންނަނީ އިސްމަހެލަހެރައާ ކިލޯމީޓަރެއްގެ ދުރު މިނުގައެވެ. މިއީ ރާއްޖެއިން މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް ހުރާގަނޑުކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!