IruOnline

ޓްރާންސްޕޯޓް އޮތޯރިޓީ ކުރީގެ ސްޓަރ ސިނަމާ ޢިމާރާތައް ބަދަލުކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ކުރީގެ ސްޓަރ ސިނަމާ ޢިމާރާތަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، ޢީދު ބަންދަށްފަހު، މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން އެ އޮތޯރިޓީ ހިންގަމުންދާނީ ކުރީގެ ސްޓަރ ސިނަމާ ހިންގި މ. ޗަނބޭލީވިލާގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީ މީގެ ކުރިން ހިންގަމުންދިޔައީ ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ނަމަވެސް އެތަނުގެ ޖާގަ ކުޑަކަމާއި، ޢިމާރާތް ބައުކަމުގެ ޝަކުވާއަކީ ގިނަ ޢާއްމުންގެވެސް ޝަކުވާއެކެވެ.

ރާއްޖޭގެ އެއްގަމާއި، ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ވިލަރެސްކޮށް، އެފަދަ ސިޔާސަތުތައް ކުރިއެރުވުމަށް މަސައްކަތްކުރާ މައި އިދާރާއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއެވެ.

  1. އަނެއްކާ އަނެއްތަނަކަށް ކުލި ދައްކަންވީ…..؟ ކިހާބޮޑު މުޞީބާތެއް އަޅެ މިޖެހެނީ ހުރަވީ ބިލްޑިންގ 15 ބުރިޔަށް ނަގާފަ އެތަނަށް ސަރުކާރުގެ އޮފީސްތައް ގެނެސްބަލަ. ނޫން ނޫން އެއިރަކުން ކަޓެއް ނުނެގޭނެނުދޯ؟ ނޫނޭވާތިއޮތީ ސަރުކާރެއް.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!