IruOnline

ފޫހިވާތީ ވަރުން ކުރީ ކީތްކަން އެގޭތަ؟

ފާއިތުވެގެން މިދިޔަ ދެތިން މަހަކީ އެމީހަކު ތިބި ތަނެއްގައި ތިބި ހާލެއްގައި އެކަނިވެރިކަމާއެކު ތިބެން ޖެހުނު މަސްތަކެކެވެ. އަދިވެސް މުޅިން މިކަމުން ސަލާމަތްވެފައި ނުވާއިރު މަޝްހޫރު ގިނަ ތަރިންދަނީ އެމީހުން ކަރަންޓީނުގައި ތިބެގެން ކުރާ ކަންތަށްތަށް ފޭނުންނާހިއްސާ ކުރަމުންނެވެ. ވީޑިއޯތަކާއި ފޮޓޯތަށް މެދުވެރިކޮށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަށް ފަޅުފިލުވަމުންދާ މި ތަރިންގެ ތެރެއިން ގިނަ މީހުން އެންމެ ގިނައިން ކުރި ކަމަކަށްވާނީ ތަފާތު ކާތަކެތި ތަޖުރިބާ ކުރުމެވެ.

އާއްމުކޮށް ކައްކާ ނޫޅޭ މީހުން އަލަށް ކެއްކުމާއި ރެސެޕީތަށް ބަލައިގެން އައު ކޮންމެވެސް ތާކެއްޗެއް ތައްޔާރުކުރުމަކީ ފޫހި ފިލުވާލުމަށް އަހަރެމެން ދިވެހިންވެސް ކޮރަންޓީނުގައި ކުރަމުންއަންނަ ކަމެކެވެ.

ދާދި ފަހުން ލޮލުގައި އަޅައިގަތީ މަޝްހޫރު ޒުވާން އެކްޓަރު ވަރުން ދަވަން އަމިއްލައަށް އަޅާފައި އޮތް އޮމްލެޓުގެ ފޮޓޯއެވެ. އޭނާ އަމިއްލައަށް ތައްޔާރުކުރި އެދި  އޮމްލެޓް ކަނީކަމަށް ބުނެ އެ އޮމްލެޓްގެ ފޮޓޯއެއް ވަރުންވަނީ އިންސްޓަގުރާމްގައި ހިއްސާކޮއްފައެވެ.

އޮމްލެޓް ތައްޔާރުކުރާ މަންޒަރުގެ ފޮޓޯއެއްވެސް ހިއްސާކޮއްފައިވާއިރު އުއްމީދަކީ އޮމްލެޓް ކޮންމެ ގޮތަކަށް އޮތަސް އަމިއްލައަށް ކުރި މަސައްކަތުގެ ރަހަ މީރުވުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!