IruOnline

ކަންގަނާ ދިރިއުޅޭ ގޭގެ ކައިރިން ބަޑި ޖަހާ އަޑު އިވިއްޖެ

ސުޝާންތް ސިންގް ރާޖްޕޫތު ގެ މަރާއެކު ޑައިރެކްޓަރުންނާއި އެކްޓަރުންނަށް ފާޑުކިޔުމަށް ބޮލީވުޑްގައި މިވަގުތު އެންމެ ނަން ހިނގާ އެކްޓްރެސް އަކީ ކަންގަނާ ރަނާއުތް އެވެ. އަދި ކަންކަމަށް އެންމެ އަޑުއުފުލާ ފާޑު ކިޔަމުން އަންނ ތަރިއަކީ ވެސް ކަންގަނާއެވެ.

ކޮންމެ ދުވަހަކު ނޫސްތަކުގެ ހެޑްލައިންތަކަށް އަރަމުން އަންނަ ބަތަލާ މިއަދު ދިނީ ވަރަށް ޙައިރާންވާފަދަ ހަބަރެކެވެ. އެގޮތުން ކަންގަނާ ބުނީ އޭނާ މަނާލީގައި ދިރިއުޅޭ ގޭގެ ކައިރިން ހުކުރު ދުވަހުގެ ދަންވަރު ބަޑި ޖަހާ އަޑު އިވިފައިވާ ކަމަށެވެ. އަދި އެކަން ފުލުހުންނަށް ވެސް އަންގާފައިވާ ކަމަށާއި އަދި ފުލުހުން އެ ގޭގެ ސަރަހައްދުގައި ފޯރި މަރަމުން މިހާރު ދާ ކަމަށެވެ.

ކަންގަނާ ބުނިގޮތުގައި އެއީ އޭނާއަށް ހީވާގޮތުން އޭނާ ދޭ ބަހުގެ ހަމަލާތަކުގެ ސަބަބުން އޭނާއަށް ބިރު ދެއްކުމަށްޓަކައި ކުރި ކަމެއް ކަމަށެވެ.

ކަންގަނާ ދައްކާ ވާހަކަތަކުން އޭނާގެ ބޯ ހަމަޖެހޭތޯ މިހާރު ގިނަ ބަޔަކު ސޯޝަލް މިޑިއާގައި ދަނީ ސުވާލު އުފައްދަމުންނެވެ. ކުރިން ކަންގަނާއަށް ހަމްދަރުދީ ވާ މީހުން ގިނަ ނަމަވެސް މިހާރު ކޮންމެ ދުވަހަކު އެތައް ބަޔަކަށް ފާޅުގައި ބަހުގެ ހަމަލާތައް ދެމުން ދާތީ ގިނަ ބަޔަކު ބުނަނީ އޭނާއަކީ ބޯ ގޯސް އަންހެނެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!