IruOnline
ފޮޓޯ: މިހާރު

ރިސޯޓް މުވައްޒަފުންވެސް ރަށަށް ގޮސް 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ: ޑރ. ނަޒްލާ

ރިސޯޓުތަކުން ރަށްރަށަށް ދާ މުވައްޒަފުންވެސް 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޖުލައި 15 ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި އެކު ބައެއް ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތް ދޭން ފަށައިފާވާ ކަމަށާއި މިހާރު ހަދާފައިވާ އުސޫލުގެ ދަށުން ރިސޯޓް މުވައްޒަފުން ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ފަހުން ރަށަކަށް ދާން ޖެހިއްޖެ ނަމަ އެ ރަށެއްގެ ކައުންސިލަށް އެކަން އަންގައި 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. 

ރިސޯޓްތަކުގެ ސްޓާފުންގެ ގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފަތުރުވެރިން ޒިޔާރަތްކުރާ ސަފާރީތަކުގައި މަސައްކަތް ކުރާ ސްޓާފުންވެސް ރަށަކަށް ގޮސްފި ނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ޑޮކްޓަރު ނަޒްލާ ވިދާޅުވި އެވެ.