IruOnline

ފެން ބިލް ދައްކައިގެން 1،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

ފެންބިލު ދައްކައިގެން 1000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް މާލޭ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓިޑް (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު 10 ނަސީބުވެރިންނަށް 1،000 ރުފިޔާ ގެ ގިފްޓް ކާޑެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ. 

 “1ހާސް1ހާސް!” ގެ ނަމުން ނަން ދީފައިވާ މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މި މުއްދަތުގެ ތެރޭގައި ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ހުރިހާ ފެންބިލަކަށް ފައިސާ ދައްކަވާ ހަލާސް ކުރާ ކޮންމެ ފަރާތަކަށް ވެސް މި ޕްރްމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. މީގެ އިތުރުން ވަކި މަސްތަކަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކަމުން ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

އެ ކުންފުނިން ވަނީ ރ. ދުވާފަރުގެ ޔޫޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ހިދުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށް ވެސް ބުނެފަ އެވެ. 

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެކުންފުނިން ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ޑޮމެސްޓިކް ކަސްޓަމުރުންނަށް އަމާޒުކޮށް ކުރިއައްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެމްޑަބްލިއުއެސްސީ ގެ މޯބައިލް އެޕް އާއި، އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އަދި ޗެކް ނުވަތަ ނަގުދު ފައިސާއިން ކަސްޓަމަރުންނަށް ފެން ބިލަށް ފައިސާ ދެއްކޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.