IruOnline

މާދަމާއިން ފެށިގެންވެސް ކުނި ނަގާނީ އިމާރާތުގެ ތިރިން: ވެމްކޯ

މާދަމާއިން ފެށިގެންވެސް ކުނި ނަގާނީ ގޭގެ ތިރީ ފަންގި ފިލާއިން ކަމަށް ވެމްކޯއިން ބުނެފިއެވެ.

ކޮވިޑް ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ގޭގޭގެ ތިރިން ކުނި ނަގާ ގޮތަށް ވެމްކޯއިން އުސޫލު ހަމަޖެއްސީ މިދިޔަ ޖޫންމަހުގެ މެދުތެރެއިންއެވެ. އަދި މިއަދު އެ އުސޫލުުގެ މުއްދަތު ވަނީ ހަަމަވެފައެވެ. 

ވެމްކޯއިން ބުނީ، ކޮވިޑް-19 އާއި ގުޅިގެން ފުރަމާލެ ސަރަހައްދުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވުމާއި އެ ކޯޕަރޭޝަނުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މުވައްޒަފުންގެ ރައްކާތެރިކަމާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ބެލުމަށްފަހު ކުރިންވެސް އިއުލާންކޮށްފައިވާ އުސޫލަށް ވަކި ގޮތެއް އަންގަންދެން ކުނި ނަގަމުން އަންނާނީ އިމާރާތުގެ ތިރިން ކަމަށެވެ.

އެގޮތުން އެކޯޕަރޭޝަނުން ބުނީ، މާދަމާއިން ފެށިގެން އެ ކުންފުނިން ވަކި ގޮތެއް އަންގަންދެން ގޭބިސީތަކުން ކުނި ނަގަމުން ދާނީ އިމާރާތުގެ ތިރިން ކަމަށާއި ކުނި ނެރުމަށް ހަމަޖެހިފައި ވަނީ، ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 14:00 އާ ދެމެދުގައި ކަމަށެވެ.

ވެމްކޯ އިން ބުނީ އިމާރާތުގެ އެންމެ ތިރިން ކުނި ނެގޭނެ އިންތިޒާމު ދުރާލާ ހަމަޖައްސައި ދިނުމަށް އެދޭ ކަމަށެވެ. އަދި އެފަދަ އިންތިޒާމެއް ކޮންމެ ދުވަހެއްގެ 18:00ގެ ނިޔަލަށް އިމާރާތަށް ވަދެ ނިކުމެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ވެސް އެދޭ ކަމަށް ވެމްކޯ އިން ބުންޏެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!