IruOnline

އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާކޮށްފި

ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ ރަށްރަށުންވެސް ބަލި ފެންނަމުންދާތީ ބަލިފެތުރުން ކޮންޓްރޯލްކޮށް ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މަޝްވަރާކޮށްފިއެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ މިއަދު ބޭއްވި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ބަލި ފެތުރުން އިތުރުވެފައިވާތިއްޔާއި އަތޮޅުތެރެއިން ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވެފައިވާއިރު އަތޮޅުތެރޭ ބަލި ކޮންޓްރޯލު ކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ކަމަށެވެ.

ފުރަބަންދަށްފަހު މާލެ ސަރަހައްދުގައި އެނެއްކާވެސް ކޯވިޑް-19 ޖެހޭ މީހުން އިތުރުވެފައިވާއިރު މާލޭގެ އިތުރުން ރާއްޖޭގެ 10 ރަށަކުން ކޯވިޑް-19ގެ ކޭސްތައް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއިން ޖުމްލަ 3،793 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. 2،607 މީހުން ބަލިން ރަނގަޅުވެފައިވާއިރު 16 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!