IruOnline

ތާމޯމީޓަރެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެދަށުގައި އޮތް އިންފްރާރެޑް ތާމޯމީޓަރެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިތަމޯމީޓަރަކީ 2020 ޖުލައި 30 ވަނަ ދުވަހުގެ 10:56 އެހާކަންހާއިރު އޯކިޑްމަގު ސަލްސާ ރޯޔަލް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތާމޯމީޓަރެއްކަމަށެވެ.

މި އިންފަރާރެޑް ތާމޯމީޓަރުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާ، އިކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ މި ތަކެތި ހަވާލުކުރާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!