IruOnline

ސިނގިރޭޓު ފޮއްޓެއްގެ އަގު 100 ރުފިޔާއަށް ބޮޑުވެއްޖެ

ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށް މިއަދުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށާފައި ވާއިރު، މިހާރު ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 100 ރުފިޔާއަށް ބޮޑުވެފައެވެ.

ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 200 ޕަސެންޓެވެ. އަދި ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި މިހާރު 25 ޕަސަންޓު ނަގަމުންދެއެވެ. އެހެންކަމުން އެކި ބްރޭންޓުތަކުގެ ސިނގިރޭޓު ފޮށީގެ އަގު ތަފާތު ނަމަވެސް އާންމު އަގެއްގެ ގޮތުގައި އުޅޭނީ 95 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދުގައެވެ. ވަކިން ސިނގިރޭޓެއް މިހާރު ލިބެނީ 5 ރުފިޔާއަށެވެ. ބައެއް ތަންތަނުން 95 ރުފިޔާއަށް ވެސް ސިނގިރޭޓު ފޮއްޓެއް ލިބެއެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ސެކްޝަން ހެޑް އޮފް ޓެރިފް އެންޑް ސްޓެޓިސްޓިކްސް އަލީ ޒުބައިރު ވިދާޅުވީ، ދައުލަތަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭ 3 ބައިކުޅަ އެއްބައި ލިބެނީ ސިނގިރޭޓުން ކަމަށާއި އެގޮތުން މިދިޔަ އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއް ބިލިއަން ރުފިޔާ ލިބިފައިވަނީ ސިނގިރޭޓުން ނެގޭ ޑިއުޓީން ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު އިމްޕޯޓްކުރެވުނު ވަރަށް ސިނގިރޭޓް އިމްޕޯޓު ކޮށްފިނަަމަ ޑިއުޓީއަށް ގެނެވުނު ބަދަލާއެކު އިތުރަށް 500 މިލިއަން ރުފިޔާ ލިބި، ސިނގިރޭޓުން ނަގާ ޑިއުޓީއިން ޖުމްލަ 1.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ އެހެން އެއްޗެހީގެ ޑިއުޓީއަށް ގެނެވުނު ބަދަލުތައް ފާހަގަކޮށް ޑެޕިއުޓީ ސެކްޝަން ހެޑް އޮފް ޓެރިފް އެންޑް ސްޓެޓިސްޓިކްސް އަލީ ޒުބައިރު އިތުރަށް ވިދާޅުވީ، ބިޑިން ކުރިން ނެގި 200 ޕަސެންޓްގެ ޑިއުޓީގެ ބަދަލުގައި ކޮންމެ ބިޑިއަކަށް 3 ރުފިޔާ އަދި އޭގެ ވެލިއުގެ 25 ޕަސެންޓް ނަގާނެކަމަށެވެ. އަދި އީ ސިނގިރޭޓާއި ވޭޕް އަދި އޭގެ ލިކުއިޑްއިން 200 ޕަސެންޓްގެ ޑިއުޓީ އެއް ނަގާނެކަމަށެވެ.

  1. ތީ ދައުލަތައް ފައިދާ ހޯދަން ކުރި ކަމެއް. ދުންފަތް ކޮންޓްރޮލް ކުރަން ކުރި ކަމެއް ނޫން … ބއަޖެޓް ހަމަ ޖަސަން ޖެހޭނެ ނޫން. ކައިފި ވިއްޔަ އެވަރަށް … ބަލާއެއް

    1
    1

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!