IruOnline

މިއުޒިޝަނުންގެ ޖަމިއްޔާގެ މެންބަރަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ނަމުގައި ފަންނާނުން ހުޅުވި ޖަމިއްޔާގައި ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ މިއުޒިކް ދާއިރާކުރިއެރުވުމަށްޓަކައި ފަންނާނުންތަކެއް އިސްނަގައިގެން އެކުލަވާލި މިޖަމްޢިއްޔާ ރަސްޖިސްޓަރކޮށްފައިވަނީ މިދިޔަ ޖުލައިމަހުގެ 20 ވަނަ ދުވަހުއެވެ. މިއުޒިކްގެ ދާއިރާގައި ޙަރަކާތްތެރިވާ ފަންނާނުންތަކެއް ގުޅިގެން ފެށި މިޖަމްޢިއްޔާގެ މަޤްޞަދަކީ ދިވެހި މިއުޒިކް ސިނާޢަތުގައި އުޅޭ ހުރިހާ ފަންނުވެރިން ކުރިއަރުވާ، ބާރުވެރިކުރުވުންކަމުގައި އެޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން ދިވެހި މިއުޒިޝަނުންނަށް ލިބޭ އުޖޫރައާއި މަސައްކަތް ކުރާ މިންގަނޑުތަކާއި ހަމަތަކަށް ބަލައި އެމީހުންގެ މަސައްކަތާ ގުޅުންހުރި އަސާސީ ކަންކަން ބެލުމާއި ބޭނުން ވެއްޖެ ހާލަތްތަކުގައި އިރުޝާދުދީ، ޤާނޫނީ ލަފާ ދިނުމުގެ ކަންކަންވެސް ކުރާނެކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ. 

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގައި ރަޖިސްޓަރ ވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު އެޖަމްޢިއްޔާގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާނެކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!