IruOnline

މިދިޔަމަހު ރަށްރަށަށް 28000 ބަސްތާ ކާޑު އެސްޓީއޯއިން ފޮނުވައިފި

މިދިޔަމަހު 28،124 ބަސްތާ ކާޑު އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

މިދިޔަ ޖުލައިމަހުގެ ތެރޭގައި އެސްޓީއޯއިން ރަށްރަށަށް ފޮނުވި ކާޑުގެ ބާވަތްތަކަށް ބަލާއިރު މުޅި ޖުމްލަ 398 އޯޑަރު ރާއްޖޭގެ އެކި ރަށްރަށަށް ފޮނުވާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 11559 ބަސްތާ ހަނޑުލާއި 3543 ބަސްތާ ހަކުރާއި 13022 ބަސްތާ ފުށެވެ.

އަތޮޅުތެރޭގެ އިތުރުން މާލޭގެ އެކިއެކި ފިހާރަކަށް ފޮނުވާފައިވާ ކާޑުގެ ބާވަތްތަކުގެ ތަފްސީލަށް ބަލާއިރު މާލެއިން ލިބިފައިވާ 2034 އޯޑަރަކަށް ވަނީ ކާޑުގެ ބާވަތްތައް ފޮނުވާފައެވެ. އެއީ ޖުމްލަ 21542 ބަސްތާ ހަނޑުލާއި، 4574 ބަސްތާ ހަކުރާއި، 14007 ބަސްތާ ފުށެވެ.

ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ދަނީ ހަނޑޫ، ހަކުރު، ފުށް މަލޭގެ ސުޕަރމާކެޓްތަކާއި، ކަންމަތީ ފިހާރަތަކުގެ އިތުރުން، ރަށްރަށަށް ގެންދިއުމަށް އޮޑިދޯނިފަހަރާ ހަމައަށް ގެންދިއުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!