IruOnline

ދިރާގުން އިތުރު ޑޭޓާ އާއި ސްޕީޑް

ދިރާގު ބްރޯޑްބޭންޑް އިންޓަނެޓު ޕެކޭޖް ތަކަށް ބޮޑެތި ބަދަލު ތަކެއް ގެނެސް، ސްޕީޑް ހަލުވިކޮށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފި އެވެ.

ދިރާގުން ބުނީ މި ފަހަރު ގެނައި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލާ އިތުރު ޑޭޓާ އާއި ސްޕީޑް ލިބިގެންދާނެ އެވެ.

ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް 20-65 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ އަދި މާ ރަނގަޅު ސްޕީޑްވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ އެވެ.

މިއައި ބަދަލާ ގުޅޭ ގޮތުން، ދިރާގު ޗީފް މާކެޓިން އޮފިސަ މަހުމޫދު ދައްސާ ވިދާޅުވި ގޮތުގައި ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް މި ގެނައި ބަދަލަކީ ދިރާގުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގެގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ގެނައި ބަދަލެއް ކަމަށެވެ. އަދި މި ގެނައި ބަދަލާއެކު ކަސްޓަމަރުންނަށް އިންޓަނެޓުގެ މަހުފީ އިން 21-41 ޕަސެންޓާ ދެމެދުގެ ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ޑިޖިޓަލްކޮށް ކިޔަވާ، މަސައްކަތްކޮށް އަދި އެހެނިހެން ކަންތައްތައް ކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެކަމަށް އުންމީދުކުރާކަމަށް ވެސް މަހުމޫދު ވިދާޅުވި އެވެ. 

ދިރާގުން ވަނީ މި އަޕްގްރޭޑް ތައާރަފުކޮށްފައި މިވަނީ ޑިޖިޓަލް ޓެކްނޮލޮޖީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއްގައި ކަމަށާއި ވަކިން ހާއްސަކޮށް އިންޓަނެޓަށް ނުހަނު ބޮޑަށް ބަރޯސާވާން ޖެހިފައިވާ ދުވަސްކޮޅެއްގައި ކަމަށް ފާހަގަކޮށްފަ އެވެ. 

ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައުމާއި އެކު، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އެކުންފުނިން ވިސްނިކަމަށް ދިރާގުން ބުނެ އެވެ. އެހެންކަމުން ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ހޯމް ފައިބާ އިންޓަނެޓް ޕެކޭޖަތަކުން އިތުރު ޑޭޓާ އަދި ސްޕީޑް ލިބޭނެ ގޮތަކަށް ޕެކޭޖްތައް އަލުން ފަރުމާ ކުރުމަށް އެކުންފުނިން ނިންމީ ކަމަށް ދިރާގުން ބުނެ އެވެ. 

  1. މާލޭގެ ގެއަކަށް ދިރާގުން ފައިބަރ އޮޕްޓިކް އަގުބޮޑު އަންލިމިޓެޑް ޕެކެޖެއް އިންސްޓޯލް ކުރިއެވެ. އެހެންނަމަވެސް ނަތީޖާ އެއްގޮތަކަށް ވެސް ރަގަޅެއް ނުވިއެވެ. އިންޓަރނެޓް ލަސްކަމުން އެގޭ މީހުން އުޅެން ޖެހުނީ ވަރަށް ޙާލުގައެވެ. ކޮންމެ މަހެއްގެވެސް 10 އަށް އެރީމާ ހީވަނީ މޮހޮރެއް ޖަހާހެނެވެ. އެހާހިސާބުން ދެން މަސް ނިމެންދެން ވީޑިއޯ އެއް ޕްލޭ ކުރުމަކީ ހަމަ ވާނެކަމެއް ނޫނެވެ. އެންމެފަހުން އެގޭމީހުންނަށް ދުއްތުރާ ބޮޑުވެގެން ދިރާގު ދޫކޮށްލާފައި އުރީދޫގެ ސުޕަރނެޓް އިންސްޓޯލް ކުރުމުން އެއްކަލަ ލަސްވާ މައްސަލަ މުޅިން ރަގަޅުވިއެވެ. އުރީދޫގެ ޕެކެޖް މާބޮޑަށް އަގުވެސް ހެވެވެ. އަދި މަސް ފެށިގެން ނިމޭއިރުވެސް ސްޕީޑަކަށް ކުޑަވެސް ބަދަލެއް ނައިސް ހަލުވިކޮށް ޚިދުމަތް ލިބެއެވެ.

    1
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!