IruOnline

ދިވެހި ޕައިލެޓަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ދިވެހި ޒުވާން ޕައިލެޓަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ވިލާއެއާގެ ފްލައިމީގައި މަސައްކަތް ކުރާ ދިވެހި ޒުވާން ޕައިލެޓެއް ކަމުގައިވާ ސ. ހިތަދޫ، ކޯޒްވޭ ވިލާ، ސަނޫން ނަސީރު ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފުލުހުންނަށް ފެނުނީ އޭނާ ދިރިއުޅޭ ފްލެޓް ކައިރިއަށް ވެއްޓިފައި ވަނިކޮށެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ފްލެޓެއްގެ ކައިރި އަށް މީހަކު ހޭނެތިގެން ވެއްޓިފައިވާ ކަމުގެ މައުލޫމާތު އެއިދާރާއަށް ލިބުނީ ރޭ ދަންވަރު 3:30 ހާއިރު ކަމަށެވެ. އަދި އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނި އެވެ.

ސަނޫންގެ ހަށިގަނޑު ހުޅުމާލޭ ހޮސްޕިޓަލުގައި ބާއްވާފައިވާއިރު، މި ދުވަސްވަރު މަރުވާ އެންމެން ވެސް ކޮވިޑަށް ޓެސްޓު ކުރާތީ އޭނާ ވެސް އެ ބައްޔަށް ޓެސްޓު ކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސަނޫން ނިޔާވިއިރު އަންބަކާއި ދަރިއަކު ދުނިޔޭގައި އެބަތިއްބެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!