IruOnline

ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި ދެ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫގައި ޚާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އަންހެނަކު ރޭޕް ކޮށްފައިވާ މައްސަލައެއް 31 ޖުލައި 2020 ވަނަ ދުވަހުގެ ހެނދުނު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ ހަވީރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރާއި 19 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

  1. އަވަހަށް ދޫކޮށްލާ. ތިޔަމީހާ އަކީ ޕޮލިޓިކަލީ ޕަވަރފުލް މީހަކަށް ވެދާނެ.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!