IruOnline

މާސްކު ނާޅާ އުޅޭނަމަ މިއަދު ފިޔަވަޅު އަޅާނެ

މާލެ ސަރަހައްދުގައި ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުން މިއަދުން ފެށިގެން ލާޒިމުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ފުލުހުން މިއަދު އާންމު ކުރި އެޗްޕީއޭގެ އެންގުމެއްގައި ބުނީ މާލެ ސަރަހައްދު (ވިލިމާލެ، ހުޅުމާލެ) ހިމެނޭ ގޮތުން ބޭރުގައި އުޅޭ އިރު އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާވާ ގޮތަށް މާސްކް އަޅަން ޖެހޭނެ ކަމަށެވެ. އަދި އެކަމުން އިސްތިސްނާ ވާނީ، އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި ނަގާ ނުހެދޭ ހާލަތުގައި ތިބޭ މީހުން ކަމަށް އެޗްޕީއޭގެ އެންގުމުގައިވެ އެވެ.

ފުލުުހުން ބުނީ މިއަދުން ފެށިގެން އެޗްޕީއޭގެ އެންގުން ތަންފީޒު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) ވަނީ މިއަދުން ފެށިގެން މާސްކު ނާޅާ އުޅޭ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުން އަންނަނީ އާންމުން މާސްކު އަޅައިގެން އުޅޭތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

  1. އަސްތައަސްތާ ތިއޮތީ ސަރުކާރަށް އާމްދަނީ ހޯދާނެ މާމޮޅު ގޮތެއްނު. ވެހިކަލްގައި ސްޓިކާ ޖަހަންޏާ ސްޓިކާ ހައްދަން އެބަ ލާރި ޚަރަދު ކުރަން ޖެހޭ މިހާރު ތިޔަވީގޮތުން އެއްވެސް ޚަރަދެއް ނުކޮށް އެއް ބޮނޑިން އެއްހާސް…….!!! ހޮހޮހޮހޮ އޯގާތެރި ސަރުކާރުދޯ😬

    1
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!