IruOnline

އެމެރިކާ އިން ޓިކްޓޮކް މަނާކުރަނީ

“ޓިކްޓޮކް” އެމެރިކާގައި ބޭނުންކުރުން މަނާކުރަން އެގައުމުގެ ރައީސް ޑޯނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ ޓިކްޓޮކް އެމެރިކާގައި އޮޕަރޭޓްކުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ. އެގޮތުން ރިޔާސީ އަމުރެއް ނުވަތަ އެފަދަ އެހެން ބާރެއް ބޭނުންކުރައްވައިގެން ޓިކްޓޮކް މަނާކުރައްވާނެކަމަށެވެ.

ޗައިނާގެ އުފެއްދުމެއް ކަމަށްވާ ޓިކްޓޮކް އެމެރިކާގައި މަނާކުރުމާމެދު ވިސްނަވާ ކަމަށް ޓްރަމްޕް ވަނީ މީގެކުރިން ވެސް ހާމަކުރައްވާފަ އެވެ. ނަމަވެސް މީގެކުރިން އެކަމަށް ވަކި ގޮތެއް ނުނިންމަވަ އެވެ.

ޓިކްޓޮކްއަކީ ޤައުމީ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ސިފަކުރިޔަސް، ސައިބަރ ސެކިއުރިޓީ ތަޖުރިބާކާރުން ބުނާގޮތުން ޓިކްޓޮކްގެ ސަބަބުން އެފަދަ ނުރައްކަލެއް އޮތްކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ.

އެމެރިކާގައި ޓިކްޓޮކް މަނާކޮށްފައިވާއިރު، މިދިޔަ ޖޫންމަހު އިންޑިއާގައިވެސް ވަނީ ޓިކްޓޮކް މަނާކޮށްފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!