IruOnline

އިންޑިއާގައި ސެނެޓައިޒާ ބޮއިގެން 10 މީހުން މަރުވެއްޖެ

އިންޑިއާގައި ސެނިޓައިޒާ ބޮއެގެން 10 މީހުން މަރުވެއްޖެއެވެ.

 އިންޑިއާގެ އަންދުރަ ޕްރަދޭޝް އަވަށް ލޮކްޑައުން ކޮށްފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅޭ 10 މީހުން ވަނީ އަލްކޮހޯލް ހުރި ހޭންޑް ސެނިޓައިޒާ ބޮއެގެން މަރުވެފަ އެވެ. 

އެ ވިލެޖުގެ ފުލުހުން ވިދާޅުވީ އެމީހުން މަރުވެފައިވަނީ ސެނިޓައިޒާ އާއި ފެނުގެ އިތުރުން ސޮފްޓް ޑްރިންކް އެއްކޮށްގެން ބުއިމުގެ ސަބަބުން ކަމަށެވެ. އެގޮތުން އެ މީހުން މަރުވެފައިވަނީ މި ތަކެތި ބޮމުން ގެންދާތާ ދުވަސްކޮޅެއް ފަހުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ އެމީހުން އެއްކުރި ސެނިޓައިޒާގައި އެކުލެވޭ ނުރައްކާތެރި މާއްދާތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައެވެ. އެގޮތުން ކެމިކަލް ތަހުލީލު ކުރުމަށް ސާމްޕަލް ފޮނުވައިފައި ވެއެވެ.

އިންޑިއާގައި ކޮވިިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ މިލިއަނަކަށް ވުރެ މައްޗަށް އަރާފައެވެ. އެގޮތުން އިންޑިއާއިން ޖުމްލަ 1.7 މިލިއަން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު 564،856 މީހުންނަށް އަންނަނީ މިހާރު ފަރުވާ ދެވެމުންނެވެ. މިބަލީގައި މިހާތަނަށް އިންޑިއާއިން 36،551 މީހަކު މަރުވެފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!