IruOnline

ލަވް އާޖް ކަލް އަށް 11 އަހަރު ފުރުން ދިޕިކާ ފާހަގަކުރީ ތަފާތު ގޮތަކަށް

2009 ވަނަ އަހަރު ނުކުތް ކާމިޔާބު ކޮމެޑީ ޑްރާމާ “ލަވް އާޖް ކަލް” އަށް 11 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އޭގެ ބަތަލާ ދިޕިކާ ޕަޑުކޯން ތަފާތު ކަމެއް ކޮށްފިއެވެ.

އެ ފިލްމަށް ޖުލައި 31 ގައި 11 އަހަރު ފުރުމުން ދިޕިކާ ވަނީ އޭނާގެ މީސްމީޑިއާ ހުރިހާ އެކައުންޓެއްގެ ނަން މީރާ އަށް ބަދަލުކޮށްފައެވެ. މީރާ އަކީ އެ ފިލްމުގައި ދިޕިކާ ކުޅުނު ކެރެކްޓާގެ ނަމެވެ. މީގެ އިތުރުން ދިޕިކާ ވަނީ އެކައުންޓުތަކުގެ ފޮޓޯއަށް ވެސް “ލަވް އާޖް ކަލް” ގެ ޕޯސްޓަރު ލައިފައެވެ. އެ ފޮޓޯގައި ވަނީ ދިޕިކާއާއި ފިލްމުގެ ބަތަލު ސައިފް އަލީ ޚާން އެވެ. މިއީ އެ ފިލްމަށް ދިޕިކާ ދިން ޓްރިބިއުޓެކެވެ.

“ލަވް އާޖް ކަލް” އަކީ ޑައިރެކްޓަރު އިމްތިއާޒް އަލީ ގެނެސްދިން ފިލްމެކެވެ. ހަމައެހެންމެ، އިމްތިއާޒް ވަނީ ހަމަ އެ ނަމުގައި، އޭގެ ދެވަނަ ފިލްމެއް ވެސް ގެނެސްދީފައެވެ. ނަމަވެސް މި ޒަމާނާ ގުޅޭގޮތަށް ޒުވާން އެކްޓްރެސް ސާރާ އަލީ ޚާން އާއި އެކްޓަރު ކާރްތިކް އާރްޔާން ލައިގެން މި އަހަރުގެ ކުރީކޮޅު ގެނެސްދިން “ލަވް އާޖް ކަލް” އަށް ފުރަތަމަ ފިލްމަށް ލިބުނު ވަރުގެ ތަރުހީބެއް ނުލިބުނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!