IruOnline

އިސްތަށި ފައިބާތަ؟ ބޮލުގައި މީތި އުނގުޅަބަލަ!

އިސްތަށި ފޭބުމަކީ ވަރަށް އާއްމުކޮށް މީހުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް ފައިބާ އިސްތަށްޓާ އެއްވަރަށް އާ އިސްތަށި ނުފަޅާނަމަ އިސްތަށިގަނޑު ތުނިވުން ނުވަތަ ތަލަވުމަށް މަގުފަހިވެއެވެ. މިކަމުން ސަލާމަތްވުމަށް މިފަހަރު މި ކިޔައިދެނީ ފިޔާ ބޭނުންކޮށްގެން ގޭގައި ތައްޔާރު ކުރެވިދާނެ ފަސޭހަ ހެއާ މާސްކެކެވެ.

ބޭނުންވާ ތަކެތި

ބޮޑު2 ފިޔާ

2 މޭޒުމަތީ ސަމްސާ ޒައިތޫނި ތެޔޮ ނުވަތަ ކާށިތެޔޮ

2 ސައިސަމްސާ ޔޯގަޓު

ތައްޔާރުކުރާނެ ގޮތް

ދެ ފިޔާ ބޯތަށްޓެއްގެ ތެރެއަށް ގާނާލާށެވެ. އެއަށްފަހު ފުރޭންޏަކުން އޭގެ ދިޔަތައް ފުރާނައިލާނީއެވެ. އަދި އޭގެތެރެއިން 4-5 މޭޒުމަތީ ސަމުސާގެ ދިޔަ ނެގުމަށްފަހު ޒައިތޫނި ތެލާއި ޔޯގަޓާ އެއްކޮށްލާށެވެ. އެއަށްފަހު އޭގެން ބޮލުގެ ހަންގަނޑުގައި މަސާޖު ކުރާނީއެވެ. މަސާޖުކުރަން ވާނީ ވަށްވުރު ބައްޓަމަށެވެ. އެއަށްފަހު ބާކީ ހުރި ދިޔަތައް އިސްތަށިގަނޑުގައި އެއްކޮށް ހާކާލާނީއެވެ. އަދި 2 ގަޑިއިރު ބެހެއްޓުމަށްފަހު ޝޭމްޕޫއާއި ކޮންޑިޝަނާ ލައިގެން ބޯ ދޮވެލާށެވެ.

ފައިދާތައް

ޒައިތޫނި/ކާށި ތެލާއި ޔޯގަޓަކީ އިސްތަށިގަނޑަށް އޮމާންކަން ގެނުވަދޭ ބާވަތްތަކެކެވެ. ހަމައެހެންމެ އިސްތަށިގަނޑާއި ހަންގަނޑު ދުޅަހެޔޮވެސް ކޮށްދެއެވެ. ފިޔަލަކީ އިސްތަށިފޭބުން ހުއްޓުވުމަށް އެންމެ ރަނގަޅު އެކައްޗެވެ. ސަބަބަކީ ފިޔަލުގައި މެގްނީސިއަމް، ކެރޮޓީން، ޕޮޓޭސިއަމް، ފޮލިކް އެސިޑް އަދި ވިޓަމިންގެ އެކި މާއްދާތައް މަތީ ދަރަޖައެއްގައި އެކުލެވޭތީއެވެ. މީގެ އިތުރުން ވެސް ފިޔަލުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ބޮލުގެ ހަންގަނޑުގައި އިންފެކްޝަން އުފެދުމާއި ހަންފޮޅުމުން ވެސް ދުރުކޮށްދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!