IruOnline

ބަނޑު ހިންދަން ބޭނުން ނަމަ، ފަސޭހައިން ތައްޔާރު ކޮށްލެވޭ މި ބުއިން ބޯލާ!

ބަރުދަން ލުއިކޮށް ބަނޑު ހިންދުމަށްޓަކައި ކައިބޮއެ އުޅެންވީ އެއްޗެހީގެ ވާހަކަ ވަރަށް ގިނައިން އިންޓަނެޓުން ފެންނާނެ އެވެ. މިކަމަށްޓަކައި ކަސްރަތާ އެއްވަރަށް، ކެއުމުގެ ރަނގަޅު ވައްޓަފާޅިއެއް ވެސް މިކަމަށް ބޭނުންވާނެ އެވެ. ކިތަންމެ ވަރަކަށް ކަސްރަތު ކުރިޔަސް ކެއުންބުއިމަށް އެދެވޭ ހެޔޮ ބަދަލެއް ނުގެނެވޭ ނަމަ ބޭނުންވާ ނަތީޖާއެއް ނެރެން އުނދަގޫ ވާނެ އެވެ.

ތިރީގައި މިވާ ރެސިޕީ ހަމަގައިމުވެސް ބަނޑު ހިންދާލަދޭނެ ރެސިޕީއެކެވެ. . މިއީ ބަނޑު ހިންދާލުމަށް ގިނަ ބައެއްގެ ތެރޭގައި މަޝްހޫރު ބާވަތްތަކެއް ބޭނުންކޮށްގެން އުފައްދާ ޖޫހެކެވެ. ތިރީގައި މިވަނީ މިޖޫސް ތައްޔާރު ކުރާ ގޮތެވެ.

ބޭނުންވާ ތަކެތި

1 ކިއުކަމްބާ
1 ލުނބޯ
1 އިންޗީގެ އިނގުރުކޮޅެއް
5 ވަރަކަށް މިންޓް ފަތް
އެއް ޖޯޑާ ބައި ފެން

ތައްޔާރުކުރާނެ ގޮތް: އެންމެ ފުރަތަމަ ކިއުކަމްބާ މަށާލާފައި ލުނބޯގެ ތޮށިގަނޑު ނައްޓާލާށެވެ. ބޮޑު ބޯތަށްޓަކަށް ފޮތިކުރި ކިއުކަމްބާ އަދި ލުނބޯ އެޅުމަށްފަހު ބޯތަށްޓަށް ދިޔަ ފެލާށެވެ. އެެއަށްފަހު އޭގެ ތެރެއަށް އިނގުރުކޮޅާއި މިންޓް ފަތް ކޮޅު ވެސް ކުދިކޮށް ކޮށާލާފައި އަޅާލާށެވެ. ދެން ބޯފެން އަޅައި ގިރާލާށެވެ.

ބުއިމުގެ ކުރިން 1 ގަޑިއިރު ވަންދެން ފްރިޖްގައި ބަހައްޓައި ފިނިކުރަން ވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ރޭގަނޑު ތައްޔާރު ކޮށްފައި މުޅި ރޭ ވަންދެން ފްރިޖުގައި ބެހެއްޓުމެވެ. ބޭނުން ނަމަ ފުރާނާލައިގެން ވެސް ނުވަތަ ހަމަ ހުރި ގޮތަށް ތައްޓަށް އަޅައިގެން ވެސް ބޮވިދާނެ އެވެ.

މިއީ ބަރުދަން ލުއިކޮށްދޭ، ހަންގަނޑު އޮމާންކޮށްދިނުމަށާއި އަދި ގޭހުގެ އުނދަގުލުން ސަލާމަތްކޮށްދިނުމަށް ރަނގަޅު ޖޫހެކެވެ. ހަމައެހެންމެ މިއީ  ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ވަރަށް ރަނގަޅު ބުއިމެކެވެ.